|
﴿1﴾ قُلْ أَعُوذُ بِرَبِّ النَّاسِ |
ކަލޭގެފާނު ވިދާޅުވާށެވެ! މީސްތަކުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ. |
﴿2﴾ مَلِكِ النَّاسِ |
(އެކަލާނގެއީ) މީސްތަކުންގެ ރަސްވަންތަ ރަސްކަލާނގެއެވެ. |
﴿3﴾ إِلَٰهِ النَّاسِ |
(އެކަލާނގެއީ) މީސްތަކުންގެ އިލާހުވަންތަ ރަސްކަލާނގެއެވެ. |
﴿4﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ |
ފިލައިހުރެ ވަސްވާސްދޭ ޝައިޠާނާގެ ނުބައިކަމުންނެވެ. (އެބަހީ: ޝައިޠާނާގެ ނުބައިކަމުން އެކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.) |
﴿5﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ |
އެ (ޝައިޠާނާ) އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ ޝައިޠާނާއެވެ. |
﴿6﴾ مِنَ الْجِنَّةِ وَالنَّاسِ |
ޖިންނީންގެ ތެރެއިންނާއި، މީސްތަކުންގެ ތެރެއިންވާ ޝައިޠާނުންނެވެ. |
|