|
| ﴿1﴾ وَالنَّازِعَاتِ غَرْقًا |
| ގަދަފަދަވެގެންވާ ގޮތުގައި (ކާފިރުންގެ) ފުރާނަތައް ގެންދަވާ މަލާއިކަތުން ގަންދެއްވަމެވެ. |
| ﴿2﴾ وَالنَّاشِطَاتِ نَشْطًا |
| އަދި އޯގާވެރިކަމާއި، ފަސޭހަކަމާއެކު (މުއުމިނުންގެ) ފުރާނަތައް ގެންދަވާ މަލާއިކަތުން ގަންދެއްވަމެވެ. |
| ﴿3﴾ وَالسَّابِحَاتِ سَبْحًا |
| އަދި ކަލާނގެ އަމުރުފުޅުތަކާއިގެން ދަތުރުކުރައްވާ މަލާއިކަތުން ގަންދެއްވަމެވެ. |
| ﴿4﴾ فَالسَّابِقَاتِ سَبْقًا |
| އަދި (މުއުމިނުންގެ) ފުރާނަތަކާއިގެން ކުރިއަރައިދާ މަލާއިކަތުންނާއިއެވެ. |
| ﴿5﴾ فَالْمُدَبِّرَاتِ أَمْرًا |
| އަދި (ދުނިޔޭގެ) ކަންތައްތައް ތަދްބީރު ކުރެއްވުމުގައި އުޅުއްވާ މަލާއިކަތުންނާއިއެވެ. |
| ﴿6﴾ يَوْمَ تَرْجُفُ الرَّاجِفَةُ |
| (ތާޅަފިލި ފުރަތަމަފަހަރު ފުންމަވައިލެއްވުމުން) ބިންގަނޑު ހެލިގެންދާ ދުވަހެވެ. |
| ﴿7﴾ تَتْبَعُهَا الرَّادِفَةُ |
| އެއާ ވިދިގެން އޭގެފަހަތުން ދެވަނަ ފުންމެވުން ފުންމަވާ ދުވަހެވެ. |
| ﴿8﴾ قُلُوبٌ يَوْمَئِذٍ وَاجِفَةٌ |
| އެދުވަހުން ބިރުގެންފައިވާ ހިތްތަކެއް ވެއެވެ. |
| ﴿9﴾ أَبْصَارُهَا خَاشِعَةٌ |
| އެއުރެންގެ ލޯތައް ތިރިވެ ނިކަމެތިވެގެންވެއެވެ. |
| ﴿10﴾ يَقُولُونَ أَإِنَّا لَمَرْدُودُونَ فِي الْحَافِرَةِ |
| އެއުރެން ބުނެތެވެ. އިހުއުޅުނު ދުނިޔޭގެ ދިރިއުޅުމަށް، އަލުން ރައްދުކުރައްވާނޭ ބަޔަކު ކަމުގައި ހަމަކަށަވަރުން، ތިމަންމެން ވާނޭހެއްޔެވެ؟ |
| ﴿11﴾ أَإِذَا كُنَّا عِظَامًا نَّخِرَةً |
| ފީވެ، އަޅިޔަށްވެފައިވާ ކަށިތަކެއް ކަމުގައި، ތިމަންމެން ވުމަށްފަހުގައިވެސް ހެއްޔެވެ؟ |
| ﴿12﴾ قَالُوا تِلْكَ إِذًا كَرَّةٌ خَاسِرَةٌ |
| އެއުރެން ބުނޫއެވެ. އެހެންވިއްޔާ އެއީ، ގެއްލެނިވެގެންވާ އެނބުރި ދިޔުމެކެވެ. |
| ﴿13﴾ فَإِنَّمَا هِيَ زَجْرَةٌ وَاحِدَةٌ |
| ފަހެ، އެކަންތައްވާކަން ކަށަވަރީ، އެންމެ ފުމެލެއްވުމެއްގެ އަޑު ކަމުގައެވެ. |
| ﴿14﴾ فَإِذَا هُم بِالسَّاهِرَةِ |
| ފަހެ، އެހާރުން އެންމެން ތިބޭހުށީ، އަލުން ދިރި، މަޙްޝަރު ބިމުގައެވެ. |
| ﴿15﴾ هَلْ أَتَاكَ حَدِيثُ مُوسَىٰ |
| މޫސާގެފާނުގެ ވާހަކަ ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟ |
| ﴿16﴾ إِذْ نَادَاهُ رَبُّهُ بِالْوَادِ الْمُقَدَّسِ طُوًى |
| ޠުވާއޭ ކިޔުނު މުޤައްދަސް ވާދީގައި ހުންނަވަނިކޮށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލޭގެފާނަށް ނިދާ އިއްވެވި ހިނދެވެ. |
| ﴿17﴾ اذْهَبْ إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ |
| ފިރްޢައުނުގެ ގާތަށް ކަލޭގެފާނު ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ފުރެދުމުގައި އޭނާ ހައްދުފަހަނަޅައި ހިނގައްޖެއެވެ. |
| ﴿18﴾ فَقُلْ هَل لَّكَ إِلَىٰ أَن تَزَكَّىٰ |
| އަދި ކަލޭގެފާނު (އޭނާޔަށް) ވިދާޅުވާށެވެ! ކާފިރުކަމުން ޠާހިރު ވެގަތުމަށް ކަލޭ އެދެމުހެއްޔެވެ؟ |
| ﴿19﴾ وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ |
| އަދި ކަލޭގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އަހުރެން މަގު ދެއްކުމަށްވެސް މެއެވެ. އެއީ (އެކަލާނގެއަށް) ކަލޭ ބިރުވެތިވުމަށްޓަކައެވެ. |
| ﴿20﴾ فَأَرَاهُ الْآيَةَ الْكُبْرَىٰ |
| ފަހެ، އެކަލޭގެފާނު، އޭނާޔަށް ބޮޑުވެގެންވާ މުޢުޖިޒާ ދެއްކެވިއެވެ. |
| ﴿21﴾ فَكَذَّبَ وَعَصَىٰ |
| ފަހެ، އޭނާ ދޮގުކުރިއެވެ. އަދި އުރެދުނެވެ. |
| ﴿22﴾ ثُمَّ أَدْبَرَ يَسْعَىٰ |
| ދެން އޭނާ އެނބުރި، ފުރަގަސްދީ (ދެކޮޅުވެރިކަމުގެ) މަސައްކަތް ކުރަންފެށިއެވެ. |
| ﴿23﴾ فَحَشَرَ فَنَادَىٰ |
| ފަހެ، (އޭނާގެ ލަޝްކަރު) އެއްކުޅައެވެ. އަދި ގޮވައިލިއެވެ. |
| ﴿24﴾ فَقَالَ أَنَا رَبُّكُمُ الْأَعْلَىٰ |
| ފަހެ، އޭނާ ބުންޏެވެ. ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ. |
| ﴿25﴾ فَأَخَذَهُ اللَّهُ نَكَالَ الْآخِرَةِ وَالْأُولَىٰ |
| ދެން އާޚިރަތާއި، ދުނިޔޭގެ ޢުޤޫބާތެއްގެ ގޮތުން ﷲ އޭނާ ހިއްޕެވިއެވެ. |
| ﴿26﴾ إِنَّ فِي ذَٰلِكَ لَعِبْرَةً لِّمَن يَخْشَىٰ |
| ބިރުވެތިވާ މީހަކަށް ހަމަކަށަވަރުން، އެކަމުގައި ޢިބްރަތެއްވާކަން ކަށަވަރެވެ. |
| ﴿27﴾ أَأَنتُمْ أَشَدُّ خَلْقًا أَمِ السَّمَاءُ ۚ بَنَاهَا |
| ހެއްދެވުމުގައި އުނދަގޫކަންބޮޑީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އުޑު ހެއްޔެވެ؟ އެ އުޑު ބިނާކުރެއްވީ އެކަލާނގެއެވެ. |
| ﴿28﴾ رَفَعَ سَمْكَهَا فَسَوَّاهَا |
| އެކަލާނގެ އެ އުޑުގެ ބިނާ އުފުއްލެވިއެވެ. ދެން އެ އުޑު ފުރިހަމަކުރެއްވިއެވެ. |
| ﴿29﴾ وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَاهَا |
| އަދި އެ އުޑުގެ ރޭގަނޑު އަނދިރިކުރެއްވިއެވެ. އަދި އެ އުޑުގެ ދުވާލު ފާޅުކުރެއްވިއެވެ. |
| ﴿30﴾ وَالْأَرْضَ بَعْدَ ذَٰلِكَ دَحَاهَا |
| އެއަށްފަހު، ބިން ފެތުރުއްވިއެވެ. |
| ﴿31﴾ أَخْرَجَ مِنْهَا مَاءَهَا وَمَرْعَاهَا |
| އެ ބިމުގެ ފެނާއި، ފަތްޕިލާވެލި، އެ ބިމުން ނެރުއްވިއެވެ. |
| ﴿32﴾ وَالْجِبَالَ أَرْسَاهَا |
| އަދި ފަރުބަދަތައް (އެ ބިމުގައި) ހަރުލެއްވިއެވެ. |
| ﴿33﴾ مَتَاعًا لَّكُمْ وَلِأَنْعَامِكُمْ |
| (އެއީ) ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ ނަޢަމް ސޫފިތަކަށް ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގައެވެ. |
| ﴿34﴾ فَإِذَا جَاءَتِ الطَّامَّةُ الْكُبْرَىٰ |
| ފަހެ، ބޮޑުވެގެންވާ ކަންތައްގަނޑު އަންނަހިނދެވެ. (އެބަހީ: ޤިޔާމަތް ދުވަސް އަންނަހިނދެވެ.) |
| ﴿35﴾ يَوْمَ يَتَذَكَّرُ الْإِنسَانُ مَا سَعَىٰ |
| އިންސާނާ ކުޅަހާ ކަމެއް، ހަނދުމަވާ ދުވަހެވެ. |
| ﴿36﴾ وَبُرِّزَتِ الْجَحِيمُ لِمَن يَرَىٰ |
| އަދި ދެކޭމީހަކަށް ނަރަކަ ފާޅުކުރައްވާނެތެވެ. |
| ﴿37﴾ فَأَمَّا مَن طَغَىٰ |
| ފަހެ، ފުރެދުމުގައި ހައްދުފަހަނަޅައި، އަދި ދުނިޔޭގެ ދިރިއުޅުމަށް އިސްކަންދިން މީހާ ދަންނާށެވެ! |
| ﴿38﴾ وَآثَرَ الْحَيَاةَ الدُّنْيَا |
| ފަހެ، ފުރެދުމުގައި ހައްދުފަހަނަޅައި، އަދި ދުނިޔޭގެ ދިރިއުޅުމަށް އިސްކަންދިން މީހާ ދަންނާށެވެ! |
| ﴿39﴾ فَإِنَّ الْجَحِيمَ هِيَ الْمَأْوَىٰ |
| ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ނަރަކަޔެވެ. |
| ﴿40﴾ وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ |
| އަދި އެމީހާގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ ނަފްސު އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ! |
| ﴿41﴾ فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ |
| ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ. |
| ﴿42﴾ يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا |
| ޤިޔާމަތުގެ ވަޤުތު އަންނާނީ ކޮންއިރަކުންކަމާމެދު އެއުރެން ކަލޭގެފާނާ ސުއާލު ކުރެތެވެ. |
| ﴿43﴾ فِيمَ أَنتَ مِن ذِكْرَاهَا |
| އެކަން ބަޔާން ކޮށްދެއްވުމަކީ، ކަލޭގެފާނަށް (ކުރެއްވެން) އޮތްކަމެއްތޯއެވެ؟ |
| ﴿44﴾ إِلَىٰ رَبِّكَ مُنتَهَاهَا |
| އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށެވެ. |
| ﴿45﴾ إِنَّمَا أَنتَ مُنذِرُ مَن يَخْشَاهَا |
| ކަލޭގެފާނުވާކަން ކަށަވަރީ، އެދުވަހަށް ބިރުވެތިވާ މީހަކަށް އިންޛާރު ކުރައްވާ ބޭކަލަކު ކަމުގައެވެ. |
| ﴿46﴾ كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا |
| އެއުރެން އެކަންތައް ދެކޭދުވަހު، ހަވީރެއް، ނުވަތަ ހެނދުނެއްގައި މެނުވީ، އެއުރެން ލަސްވެ ނުތިބޭކަހަލައެވެ. |
|