|
|||
---|---|---|---|
﴿1﴾ وَالْعَصْرِ | |||
ޒަމާން ގަންދެއްވަމެވެ. | |||
﴿2﴾ إِنَّ الْإِنسَانَ لَفِي خُسْرٍ | |||
ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ. | |||
﴿3﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ | |||
އީމާންވެ ޞާލިޙު ޢަމަލުތައްކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތް ކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތް ކޮށްއުޅުނު މީހުން މެނުވީއެވެ. | |||
|