|
﴿1﴾ لِإِيلَافِ قُرَيْشٍ |
ޤުރައިޝް ވަންހައިގެ މީހުން އެކުވެރިކުރެއްވި ކަމަށްޓަކައެވެ. |
﴿2﴾ إِيلَافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ |
ފިނި މޫސުމާއި ހޫނު މޫސުމުގެ ދަތުރުގައި އެއުރެން އެކުވެރިކުރެއްވި ކަމަށްޓަކައެވެ. |
﴿3﴾ فَلْيَعْبُدُوا رَبَّ هَٰذَا الْبَيْتِ |
ފަހެ، މި ގެފުޅުގެ ވެރިރަސްކަލާނގެއަށް އެއުރެން އަޅުކަން ކުރާހުށިކަމެވެ! |
﴿4﴾ الَّذِي أَطْعَمَهُم مِّن جُوعٍ وَآمَنَهُم مِّنْ خَوْفٍ |
އެކަލާނގެއީ، ބަނޑުހައިހޫނުކަމުގައި ވަނިކޮށް އެއުރެންނަށް ކާންދެއްވައި، އަދި ބިރުވެރިކަމުގައި ވަނިކޮށް އެއުރެންނަށް އަމާންކަންދެއްވި ރަސްކަލާނގެއެވެ. |
|