އައްތޯރިޤް
ފަހަތަށް
الطارق ކުރިއަށް
﴿1﴾ وَالسَّمَاءِ وَالطَّارِقِ
އުޑާއި، އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރި ގަންދެއްވަމެވެ.
﴿2﴾ وَمَا أَدْرَاكَ مَا الطَّارِقُ
އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރިޔަކީ، ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
﴿3﴾ النَّجْمُ الثَّاقِبُ
އެއީ އަނދިރިކަން ތޮރުފައިލާ، އަލިކަންގަދަ ތަރިއެވެ.
﴿4﴾ إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ
އެއްވެސް ނަފްސެއް، އެ ނަފްސެއްގެ މައްޗަށް ރައްކާތެރިވާނޭ މަލާއިކަތަކު ނެތިއެއް ނުވެއެވެ.
﴿5﴾ فَلْيَنظُرِ الْإِنسَانُ مِمَّ خُلِقَ
ފަހެ، އިންސާނާ، އޭނާ ހައްދަވާފައިވަނީ ކޮންއެއްޗަކުންކަން ބަލައިފާ ހުށިކަމެވެ!
﴿6﴾ خُلِقَ مِن مَّاءٍ دَافِقٍ
އޭނާ ހައްދަވާފައިވަނީ، މައިކަށްޓާއި، މޭމަތީގެ ކަށިތަކާ ދެމެދުން ނުކުންނަ، ގަދަޔަށް އޮހޮރިގެންދާ ފެނަކުންނެވެ.
﴿7﴾ يَخْرُجُ مِن بَيْنِ الصُّلْبِ وَالتَّرَائِبِ
އޭނާ ހައްދަވާފައިވަނީ، މައިކަށްޓާއި، މޭމަތީގެ ކަށިތަކާ ދެމެދުން ނުކުންނަ، ގަދަޔަށް އޮހޮރިގެންދާ ފެނަކުންނެވެ.
﴿8﴾ إِنَّهُ عَلَىٰ رَجْعِهِ لَقَادِرٌ
ހަމަކަށަވަރުން، އެކަލާނގެއީ، އެ އިންސާނާ އަލުން ދިރުމަކަށް ފޮނުއްވުމުގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
﴿9﴾ يَوْمَ تُبْلَى السَّرَائِرُ
ހިތްތަކުގައިވާ ސިއްރުތައް ފާޅުކުރައްވައި، އިމްތިޙާނު ކުރައްވާ ދުވަހެވެ.
﴿10﴾ فَمَا لَهُ مِن قُوَّةٍ وَلَا نَاصِرٍ
ފަހެ، އޭނާޔަށް އެއްވެސް ބާރެއް، އަދި ނަޞްރު ދޭނޭ މީހަކުވެސް ނުވެއެވެ.
﴿11﴾ وَالسَّمَاءِ ذَاتِ الرَّجْعِ
ވާރޭވެއްސާ އުޑު ގަންދެއްވަމެވެ.
﴿12﴾ وَالْأَرْضِ ذَاتِ الصَّدْعِ
އަދި ގަސްފަޅާ ބިން ގަންދެއްވަމެވެ.
﴿13﴾ إِنَّهُ لَقَوْلٌ فَصْلٌ
ހަމަކަށަވަރުން، އެ ޤުރްއާނަކީ، ޙައްޤާއި، ބާޠިލު ވަކިކުރާ ތެދުބަސްފުޅެއްކަން ކަށަވަރެވެ.
﴿14﴾ وَمَا هُوَ بِالْهَزْلِ
އަދި ކުޅޭކުޅޭ އެއްޗެއްކަމުގައި އެ ޤުރްއާން ނުވެއެވެ.
﴿15﴾ إِنَّهُمْ يَكِيدُونَ كَيْدًا
ހަމަކަށަވަރުން، އެއުރެން (ކަލޭގެފާނާ ދެކޮޅަށް) މަކަރުވެރި ރޭވުމެއް ރާވަތެވެ.
﴿16﴾ وَأَكِيدُ كَيْدًا
އަދި ތިމަންރަސްކަލާނގެވެސް ރޭއްވެވުމެއް ރާއްވަވަމެވެ.
﴿17﴾ فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدًا
ފަހެ، ކާފިރުންނަށް ކަލޭގެފާނު މުހުލަތެއް ދެއްވާށެވެ! ކުޑަހިނދުކޮޅަކަށް އެއުރެންނަށް ލަސްކޮށްލައްވާށެވެ!
ފަހަތަށް
ކުރިއަށް