|
﴿1﴾ يُسَبِّحُ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ الْمَلِكِ الْقُدُّوسِ الْعَزِيزِ الْحَكِيمِ |
ރަސްވަންތަ، ޠާހިރުވަންތަ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ﷲއަށް އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް ތަސްބީޙަ ކިޔަތެވެ. |
﴿2﴾ هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُوا مِن قَبْلُ لَفِي ضَلَالٍ مُّبِينٍ |
އުއްމީންގެ ތެރެޔަށް، އެއުރެންގެ ތެރެއިން ރަސޫލަކު ފޮނުއްވީ އެކަލާނގެއެވެ. އެކަލާނގެ އާޔަތްތައް އެއުރެންގެ މައްޗަށް އެކަލޭގެފާނު ކިޔަވައިދެއްވަތެވެ. އަދި އެއުރެން ޠާހިރު ކުރައްވަތެވެ. އަދި ފޮތާއި، ޙިކުމަތް އެއުރެންނަށް އުނގަންނައިދެއްވަތެވެ. އޭގެކުރިން އެއުރެން ތިބީ ފާޅުވެ ބަޔާންވެގެންވާ އުރެދުމެއްގައިކަން ކަށަވަރެވެ. |
﴿3﴾ وَآخَرِينَ مِنْهُمْ لَمَّا يَلْحَقُوا بِهِمْ ۚ وَهُوَ الْعَزِيزُ الْحَكِيمُ |
އަދި (އެކަލޭގެފާނު ފޮނުއްވީ) އެއުރެންގެ ތެރެއިން އެހެން ބަޔެއްގެ ގާތަށްވެސްމެއެވެ. އެއުރެންނީ، އެމީހުންގެ ތެރެއަށް އަދި ނާންނަ ބަޔެކެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ ޙަކީމްވަންތަ ރަސްކަލާނގެއެވެ. |
﴿4﴾ ذَٰلِكَ فَضْلُ اللَّهِ يُؤْتِيهِ مَن يَشَاءُ ۚ وَاللَّهُ ذُو الْفَضْلِ الْعَظِيمِ |
އެއީ ﷲގެ ފަޟްލުވަންތަކަމެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެކަލާނގެ އެކަން ދެއްވަތެވެ. އަދި ﷲއީ، ބޮޑުވެގެންވާ ފަޟްލުވަންތަކަމުގެ ވެރިރަސްކަލާނގެއެވެ. |
﴿5﴾ مَثَلُ الَّذِينَ حُمِّلُوا التَّوْرَاةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ الْحِمَارِ يَحْمِلُ أَسْفَارًا ۚ بِئْسَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِ اللَّهِ ۚ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ |
ތައުރާތަށް ޢަމަލު ކުރުމަށް އަންގަވާފައިވަނިކޮށް، ދެން އެއާއެއްގޮތަށް ޢަމަލު ނުކުރި މީހުންގެ މިޘާލަކީ، ފޮތްތަކެއް އުފުލާ ޙިމާރުގެ މިޘާލެވެ. ﷲގެ އާޔަތްތައް ދޮގުކުރި މީހުންގެ މިޘާލުގެ ހުރި ނުބައިކަމާއެވެ! އަދި އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވަތެވެ. |
﴿6﴾ قُلْ يَا أَيُّهَا الَّذِينَ هَادُوا إِن زَعَمْتُمْ أَنَّكُمْ أَوْلِيَاءُ لِلَّهِ مِن دُونِ النَّاسِ فَتَمَنَّوُا الْمَوْتَ إِن كُنتُمْ صَادِقِينَ |
ކަލޭގެފާނު ވިދާޅުވާށެވެ! އޭ ޔަހޫދީވި މީހުންނޭވެ! ﷲގެ ޙަޟްރަތުގައި އެހެން މީހުން ފިޔަވައި ގާތްބަޔަކީ، ތިޔަބައިމީހުން ކަމުގައި ތިޔަބައިމީހުން ހީކުރާނަމަ، ފަހެ، ތިޔަބައިމީހުން މަރުވުމަށް އެދިބަލާށެވެ! ތިޔަބައިމީހުންނީ، ތެދުބުނާ މީހުންކަމުގައި ވާނަމައެވެ. |
﴿7﴾ وَلَا يَتَمَنَّوْنَهُ أَبَدًا بِمَا قَدَّمَتْ أَيْدِيهِمْ ۚ وَاللَّهُ عَلِيمٌ بِالظَّالِمِينَ |
އަދި އެއުރެންގެ އަތްތައް އިސްކުރި ނުބައި ޢަމަލުގެ ސަބަބުން ދުވަހަކުވެސް އެއުރެން އެކަމަކަށް ނޭދޭނެތެވެ. ﷲއީ، އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
﴿8﴾ قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلَاقِيكُمْ ۖ ثُمَّ تُرَدُّونَ إِلَىٰ عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ |
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އެކަމަކުން ތިޔަބައިމީހުން ފިލަންދުވާ މަރު (ދަންނާށެވެ!) ފަހެ، އެ މަރު ތިޔަބައިމީހުންނާ ބައްދަލުކުރާނެކަން ކަށަވަރެވެ. ދެން ތިޔަބައިމީހުން ރައްދުކުރައްވާހުށީ، ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެ ޙަޟްރަތަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ. |
﴿9﴾ يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ |
އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، ﷲ ހަނދުމަކުރުމަށް (އެބަހީ: ޚުޠުބާ އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. |
﴿10﴾ فَإِذَا قُضِيَتِ الصَّلَاةُ فَانتَشِرُوا فِي الْأَرْضِ وَابْتَغُوا مِن فَضْلِ اللَّهِ وَاذْكُرُوا اللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ |
ފަހެ، ނަމާދުކޮށް އަވަދިވެއްޖެހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: ޙާޔާތުގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން ﷲގެ ފަޟްލުވަންތަކަމުން (ދެއްވުމަށް) އެދޭށެވެ! އަދި ތިޔަބައިމީހުން ގިނަގިނައިން ﷲ ހަނދުމަކުރާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ. |
﴿11﴾ وَإِذَا رَأَوْا تِجَارَةً أَوْ لَهْوًا انفَضُّوا إِلَيْهَا وَتَرَكُوكَ قَائِمًا ۚ قُلْ مَا عِندَ اللَّهِ خَيْرٌ مِّنَ اللَّهْوِ وَمِنَ التِّجَارَةِ ۚ وَاللَّهُ خَيْرُ الرَّازِقِينَ |
އެއުރެންނަށް ވިޔަފާރިޔެއް ނުވަތަ ކުޅިވަރެއް ފެނިއްޖެނަމަ، ކަލޭގެފާނު ކޮޅަށް ހުންނެވުމަށް ދޫކޮށްލައި، އެއުރެން އެކަންތަކާ ދިމާޔަށް ދުވެދެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކުޅިވަރާއި، ވިޔަފާރިއަށްވުރެ، ﷲގެ ޙަޟްރަތުގައިވާ ދަރުމަ، ހެޔޮކަން ބޮޑެވެ. އަދި ﷲއީ، ރިޒްޤު ދެއްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ. |
|