|
﴿1﴾ إِذَا الشَّمْسُ كُوِّرَتْ |
އިރުގެ އަލިކަން ފިލައި، ހިނގައިދާ ހިނދެވެ. |
﴿2﴾ وَإِذَا النُّجُومُ انكَدَرَتْ |
އަދި ތަރިތަކުން އަލިކަން ފިލައި، ބުރަބުރައިގެންދާ ހިނދެވެ. |
﴿3﴾ وَإِذَا الْجِبَالُ سُيِّرَتْ |
އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވާ ހިނދެވެ. |
﴿4﴾ وَإِذَا الْعِشَارُ عُطِّلَتْ |
އަދި މާބަނޑު ޖަމަލުތައް އަޅާނުލައި ދޫކޮށްލާ ހިނދެވެ. |
﴿5﴾ وَإِذَا الْوُحُوشُ حُشِرَتْ |
އަދި ވަލު ޖަނަވާރުތައް (އެއްތަނަކަށް) އެއްކުރައްވާ ހިނދެވެ. |
﴿6﴾ وَإِذَا الْبِحَارُ سُجِّرَتْ |
އަދި ކަނޑުތައް ރޯވެ، އަނދައިގަންނަ ހިނދެވެ. |
﴿7﴾ وَإِذَا النُّفُوسُ زُوِّجَتْ |
އަދި ފުރާނަތައް، އޭގެ ހަށިތަކާ ގުޅިދާހިނދެވެ. |
﴿8﴾ وَإِذَا الْمَوْءُودَةُ سُئِلَتْ |
އަދި ދިރިއޮއްވައި ވަޅުލި އަންހެން ދަރިޔާއާ ސުއާލު ކުރައްވާ ހިނދެވެ. |
﴿9﴾ بِأَيِّ ذَنبٍ قُتِلَتْ |
އޭނާ މަރައިލީ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟ |
﴿10﴾ وَإِذَا الصُّحُفُ نُشِرَتْ |
އަދި ފަތްފުށްތައް ނިއުޅައިލައްވާ ހިނދެވެ. |
﴿11﴾ وَإِذَا السَّمَاءُ كُشِطَتْ |
އަދި އުޑު ގެންދަވާ ހިނދެވެ. |
﴿12﴾ وَإِذَا الْجَحِيمُ سُعِّرَتْ |
އަދި ނަރަކަ ރޯކޮށްލައްވާ ހިނދެވެ. |
﴿13﴾ وَإِذَا الْجَنَّةُ أُزْلِفَتْ |
އަދި ސުވަރުގެ ގާތްކުރައްވާ ހިނދެވެ. |
﴿14﴾ عَلِمَتْ نَفْسٌ مَّا أَحْضَرَتْ |
ކޮންމެ ނަފްސަކަށްމެ، އެ ނަފްސެއް ޙާޟިރުކުޅަކަމެއް (އެހިނދު) އެނގޭނެތެވެ. |
﴿15﴾ فَلَا أُقْسِمُ بِالْخُنَّسِ |
ފަހެ، ރޭގަނޑަށް ފާޅުކަންބޮޑު، ދުވާލު ވަންހަނާވާ، ހިނގަހިނގާ ހުންނަ ތަރިތައް ގަންދެއްވަމެވެ. |
﴿16﴾ الْجَوَارِ الْكُنَّسِ |
ފަހެ، ރޭގަނޑަށް ފާޅުކަންބޮޑު، ދުވާލު ވަންހަނާވާ، ހިނގަހިނގާ ހުންނަ ތަރިތައް ގަންދެއްވަމެވެ. |
﴿17﴾ وَاللَّيْلِ إِذَا عَسْعَسَ |
އަދި ރޭގަނޑު އަނދިރިކަމާއިގެން ފަސްދީދާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ. |
﴿18﴾ وَالصُّبْحِ إِذَا تَنَفَّسَ |
އަދި ފަތިހުގެ އަލިކަން ފާޅުވާހިނދު، އެ ފަތިސް ގަންދެއްވަމެވެ. |
﴿19﴾ إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ |
ހަމަކަށަވަރުން، އެއީ މާތްވެގެންވާ ރަސޫލަކު (އެބަހީ: ޖިބްރީލުގެފާނު) ގެންނެވި ބަސްފުޅުކަން ކަށަވަރެވެ. |
﴿20﴾ ذِي قُوَّةٍ عِندَ ذِي الْعَرْشِ مَكِينٍ |
ޢަރްޝުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ބާރެއްގެ ވެރި ދަރަޖަވެރިޔެކެވެ. |
﴿21﴾ مُّطَاعٍ ثَمَّ أَمِينٍ |
އެތާނގައި (އެބަހީ: އުޑުތަކުގައި) ކިޔަމަންވެވޭ އަމާނާތްތެރިޔެކެވެ. |
﴿22﴾ وَمَا صَاحِبُكُم بِمَجْنُونٍ |
އަދި ތިޔަބައިމީހުންގެ އެކުވެރިޔާއީ (އެބަހީ: މުޙައްމަދުގެފާނީ) މޮޔައަކު ކަމުގައި ނުވެއެވެ. |
﴿23﴾ وَلَقَدْ رَآهُ بِالْأُفُقِ الْمُبِينِ |
އަދި ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) ފާޅުވެގެންވާ އުދަރެހުން އެކަލޭގެފާނު (އެބަހީ: ޖިބްރީލުގެފާނު) ދެކެވަޑައިގަތެވެ. |
﴿24﴾ وَمَا هُوَ عَلَى الْغَيْبِ بِضَنِينٍ |
އަދި ޣައިބުގެ ކަންތައް ފޮރުވައި، ހިފަހައްޓަވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) ނުވެއެވެ. |
﴿25﴾ وَمَا هُوَ بِقَوْلِ شَيْطَانٍ رَّجِيمٍ |
އަދި ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިޠާނެއްގެ ބަސްކަމުގައިވެސް އެ ޤުރްއާން ނުވެއެވެ. |
﴿26﴾ فَأَيْنَ تَذْهَبُونَ |
ފަހެ، ތިޔަބައިމީހުން ތިޔަދަނީ ކޮންތާކަށް ހެއްޔެވެ؟ |
﴿27﴾ إِنْ هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ |
ޢާލަމްތަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ ޤުރްއާން ނުވެއެވެ. |
﴿28﴾ لِمَن شَاءَ مِنكُمْ أَن يَسْتَقِيمَ |
ތިޔަބައިމީހުންކުރެ ސީދާވެގަތުމަށް އެދޭ މީހަކަށްޓަކައެވެ. |
﴿29﴾ وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّهُ رَبُّ الْعَالَمِينَ |
ޢާލަމްތަކުގެ ވެރި ﷲ އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ނޭދެވޭނެތެވެ. |
|