|
﴿1﴾ عَبَسَ وَتَوَلَّىٰ |
އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) ހިތްޕުޅާނުވުމުގެ ގޮތް މޫނުފުޅުން ދައްކަވައި (އަނެއްފަރާތަށް) އެނބުރިވަޑައިގަތެވެ. |
﴿2﴾ أَن جَاءَهُ الْأَعْمَىٰ |
ލޯފަންމީހާ އެކަލޭގެފާނުގެ އަރިހަށް އައުމުންނެވެ. |
﴿3﴾ وَمَا يُدْرِيكَ لَعَلَّهُ يَزَّكَّىٰ |
އަދި އޭނާ ކުށްތަކުން ސާފުވެ، ޠާހިރު ވެދާނެކަން، ނުވަތަ އޭނާ ހަނދުމަކޮށް، ދެން އެ ހަނދުމަކުޅައުން އޭނާޔަށް މަންފާކޮށްފާނެކަން ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟ |
﴿4﴾ أَوْ يَذَّكَّرُ فَتَنفَعَهُ الذِّكْرَىٰ |
އަދި އޭނާ ކުށްތަކުން ސާފުވެ، ޠާހިރު ވެދާނެކަން، ނުވަތަ އޭނާ ހަނދުމަކޮށް، ދެން އެ ހަނދުމަކުޅައުން އޭނާޔަށް މަންފާކޮށްފާނެކަން ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟ |
﴿5﴾ أَمَّا مَنِ اسْتَغْنَىٰ |
އެމީހާ އަމިއްލަޔަށް ފުދިގެންވާކަމަށް ދެކޭމީހާ ދަންނާށެވެ! |
﴿6﴾ فَأَنتَ لَهُ تَصَدَّىٰ |
ފަހެ، ކަލޭގެފާނު އެމީހަކާ ކުރިމަތިލައްވަމުއެވެ. |
﴿7﴾ وَمَا عَلَيْكَ أَلَّا يَزَّكَّىٰ |
އެމީހަކު (ކާފިރުކަމުން) ޠާހިރު ނުވުމަކުން، ކަލޭގެފާނުގެ މައްޗަކަށް ކުށެއް ނެތެވެ. |
﴿8﴾ وَأَمَّا مَن جَاءَكَ يَسْعَىٰ |
އަދި ބިރުވެތިވާ ޙާލު، ކަލޭގެފާނުގެ އަރިހަށް ހިނގަމުންއައިމީހާ ދަންނާށެވެ! |
﴿9﴾ وَهُوَ يَخْشَىٰ |
އަދި ބިރުވެތިވާ ޙާލު، ކަލޭގެފާނުގެ އަރިހަށް ހިނގަމުންއައިމީހާ ދަންނާށެވެ! |
﴿10﴾ فَأَنتَ عَنْهُ تَلَهَّىٰ |
ފަހެ، އެމީހާއާ ކަލޭގެފާނު އަޅައިނުލައްވައި މަޝްޣޫލު ވެވަޑައިގަންނަވަމުއެވެ. |
﴿11﴾ كَلَّا إِنَّهَا تَذْكِرَةٌ |
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ އާޔަތްތަކަކީ، ހަނދާންކޮށްދިނުމެކެވެ. |
﴿12﴾ فَمَن شَاءَ ذَكَرَهُ |
ފަހެ، ބޭނުންމީހަކު އެ ޤުރްއާން ހަނދުމަކުރާހުށިކަމެވެ! |
﴿13﴾ فِي صُحُفٍ مُّكَرَّمَةٍ |
އެ ޤުރްއާން ވަނީ، މާތްކުރައްވާފައިވާ ފަތްފުށްތަކެއްގައެވެ. |
﴿14﴾ مَّرْفُوعَةٍ مُّطَهَّرَةٍ |
މަތިވެރި، ޠާހިރު ކުރައްވާފައިވާ ފަތްފުށްތަކެއްގައެވެ. |
﴿15﴾ بِأَيْدِي سَفَرَةٍ |
ދަތުރުކުރައްވާ މަލާއިކަތުންގެ އަތްޕުޅުތަކުގައެވެ. |
﴿16﴾ كِرَامٍ بَرَرَةٍ |
މާތްވެގެންވާ ހެޔޮލަފާ މަލާއިކަތުންނެވެ. |
﴿17﴾ قُتِلَ الْإِنسَانُ مَا أَكْفَرَهُ |
އިންސާނާއަށް ލަޢުނަތް ލެއްވިއެވެ. އޭނާގެ ހުރި ކާފިރުކަމުގެ ބޮޑުކަމާއެވެ! |
﴿18﴾ مِنْ أَيِّ شَيْءٍ خَلَقَهُ |
އެކަލާނގެ އެ އިންސާނާ ހެއްދެވީ ކޮންއެއްޗަކުން ހެއްޔެވެ؟ |
﴿19﴾ مِن نُّطْفَةٍ خَلَقَهُ فَقَدَّرَهُ |
އެކަލާނގެ އެ އިންސާނާ ހެއްދެވީ މަނިތިއްކަކުންނެވެ. ދެން އެކަލާނގެ އެ އިންސާނާ (ގެ ހުރިހާ ކަމެއް) މިންވަރު ކުރެއްވިއެވެ. |
﴿20﴾ ثُمَّ السَّبِيلَ يَسَّرَهُ |
ދެން އެކަލާނގެ އޭނާޔަށް މަގު ފަސޭހަކޮށްދެއްވިއެވެ. |
﴿21﴾ ثُمَّ أَمَاتَهُ فَأَقْبَرَهُ |
ދެން އެކަލާނގެ އޭނާ މަރުގެންނެވިއެވެ. އަދި އޭނާ ކަށްވަޅުގައި ލެއްވިއެވެ. |
﴿22﴾ ثُمَّ إِذَا شَاءَ أَنشَرَهُ |
ދެން އެކަލާނގެ އިރާދަކުރައްވާ ހިނދު، އެ އިންސާނާ އަލުން ދިރުމަކަށް ފޮނުއްވާނެތެވެ. |
﴿23﴾ كَلَّا لَمَّا يَقْضِ مَا أَمَرَهُ |
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އެ އިންސާނާ އަދިވެސް، އެކަލާނގެ އޭނާޔަށް އަމުރުކުރެއްވި ކަންތަކެއް ނުކުރެތެވެ. |
﴿24﴾ فَلْيَنظُرِ الْإِنسَانُ إِلَىٰ طَعَامِهِ |
ފަހެ، އެ އިންސާނާ އޭނާގެ ކާތަކެއްޗަށް ބަލައިފާހުށިކަމެވެ! |
﴿25﴾ أَنَّا صَبَبْنَا الْمَاءَ صَبًّا |
ބޯކޮށް އޮހިގެން އަންނަގޮތުގައި، ތިމަންރަސްކަލާނގެ ފެން އޮއްސެވީމެވެ. |
﴿26﴾ ثُمَّ شَقَقْنَا الْأَرْضَ شَقًّا |
ދެން ތިމަންރަސްކަލާނގެ (ގަސްހެދުމަށް ފަސޭހަވާނެގޮތުން) ބިންގަނޑު ފެޅުއްވީމެވެ. |
﴿27﴾ فَأَنبَتْنَا فِيهَا حَبًّا |
ދެން ތިމަންރަސްކަލާނގެ އެ ބިމުގައި ގޮވާން (ގަސްތައް) ފެޅުއްވީމެވެ. |
﴿28﴾ وَعِنَبًا وَقَضْبًا |
އަދި މޭބިސްކަދުރާއި ފަތްޕިލާވެއްޔެވެ. |
﴿29﴾ وَزَيْتُونًا وَنَخْلًا |
އަދި ޒައިތޫނި ގަހާއި ކަދުރު ރުކެވެ. |
﴿30﴾ وَحَدَائِقَ غُلْبًا |
އަދި ގަސްތައްގިނަ ބަގީޗާތަކެވެ. |
﴿31﴾ وَفَاكِهَةً وَأَبًّا |
މޭވާގެ ބާވަތްތަކާއި ހުއިތަކެވެ. |
﴿32﴾ مَّتَاعًا لَّكُمْ وَلِأَنْعَامِكُمْ |
(އެއީ) ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ ނަޢަމް ސޫފިތަކަށް ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގައެވެ. |
﴿33﴾ فَإِذَا جَاءَتِ الصَّاخَّةُ |
ފަހެ، ގަދަފަދަ އަޑު އަތުވެއްޖެހިނދެވެ. |
﴿34﴾ يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ |
(އެއީ) މީހާ އޭނާގެ އަޚާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ. |
﴿35﴾ وَأُمِّهِ وَأَبِيهِ |
(އެއީ) މީހާ އޭނާގެ އަޚާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ. |
﴿36﴾ وَصَاحِبَتِهِ وَبَنِيهِ |
(އެއީ) މީހާ އޭނާގެ އަޚާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ. |
﴿37﴾ لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ |
އެއުރެންކުރެ ކޮންމެ މީހަކަށް، އެމީހަކު އަވަދިނެތި ކުރާނެކަމެއް އެދުވަހުން ވެއެވެ. |
﴿38﴾ وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ |
އެދުވަހުން އަލިވެ، ހިނިއައިސް، އުފާވެފައިވާ މޫނުތަކެއްވާނެއެވެ. |
﴿39﴾ ضَاحِكَةٌ مُّسْتَبْشِرَةٌ |
އެދުވަހުން އަލިވެ، ހިނިއައިސް، އުފާވެފައިވާ މޫނުތަކެއްވާނެއެވެ. |
﴿40﴾ وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ |
އަދި އެދުވަހުން އެ މޫނުތަކެއްގެ މައްޗަށް ހިރަފުސް އަރާފައިވާ މޫނުތަކެއްވެސް ވާނެއެވެ. |
﴿41﴾ تَرْهَقُهَا قَتَرَةٌ |
އެ މޫނުތަކަށް ކަޅުއަނދިރިކަމެއް ވެރިވާނެތެވެ. |
﴿42﴾ أُولَٰئِكَ هُمُ الْكَفَرَةُ الْفَجَرَةُ |
އެއުރެންނީ ހަމަ، ނުލަފާވެގެންވާ ކާފިރުންނެވެ. |
|