|
| ﴿1﴾ وَالْعَادِيَاتِ ضَبْحًا |
| ނޭވާގެ އަޑު އިއްވަމުން، ހަރުކޮށް ދުވާ އަސްތައް ގަންދެއްވަމެވެ. |
| ﴿2﴾ فَالْمُورِيَاتِ قَدْحًا |
| އަދި ފިޔަވަޅުތަކުން އަލިފާން ކަނޑަމުންދުވާ އަސްތައް ގަންދެއްވަމެވެ. |
| ﴿3﴾ فَالْمُغِيرَاتِ صُبْحًا |
| އަދި ފަތިހުގެ ވަގުތުގައި، ޙަމަލާ ދޭ އަސްތައް ގަންދެއްވަމެވެ. |
| ﴿4﴾ فَأَثَرْنَ بِهِ نَقْعًا |
| ފަހެ، އެ އަސްތައް، އެ ވަގުތު ހިރަފުސް ބުރުވައިލަތެވެ. |
| ﴿5﴾ فَوَسَطْنَ بِهِ جَمْعًا |
| ފަހެ، އެ އަސްތައް އެ ހިރަފުސްތަކުގެ ތެރޭގައި (ދުޝްމަނުންގެ) ބައިގަނޑުގެ މެދަށް ވަދެގަނެތެވެ. |
| ﴿6﴾ إِنَّ الْإِنسَانَ لِرَبِّهِ لَكَنُودٌ |
| ހަމަކަށަވަރުން، އިންސާނާއީ، އޭނާގެ ވެރިރަސްކަލާނގެއަށް ހަރާންކޯރުވުން ބޮޑު މީހެކެވެ. |
| ﴿7﴾ وَإِنَّهُ عَلَىٰ ذَٰلِكَ لَشَهِيدٌ |
| އަދި ހަމަކަށަވަރުން، އެ އިންސާނާއީ، އެކަމުގެ މައްޗަށް ހެކިވެރިޔަކުކަން ކަށަވަރެވެ. |
| ﴿8﴾ وَإِنَّهُ لِحُبِّ الْخَيْرِ لَشَدِيدٌ |
| އަދި ހަމަކަށަވަރުން، އެ އިންސާނާއީ، މުދަލަށް ލޯބިކުރުންގަދަ މީހެއްކަން ކަށަވަރެވެ. |
| ﴿9﴾ ۞ أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِي الْقُبُورِ |
| ކަށްވަޅުތަކުގައިވާ ތަކެތި ނެރެ އުކައިލައްވާހިނދު، އަދި ހިތްތަކުގައިވާ ސިއްރުތައް އެއްކޮށް ފާޅުކުރައްވާހިނދު، ފަހެ، އެ އިންސާނާ (އެކަންތައް) ނުދަންނަނީ ހެއްޔެވެ؟ |
| ﴿10﴾ وَحُصِّلَ مَا فِي الصُّدُورِ |
| ކަށްވަޅުތަކުގައިވާ ތަކެތި ނެރެ އުކައިލައްވާހިނދު، އަދި ހިތްތަކުގައިވާ ސިއްރުތައް އެއްކޮށް ފާޅުކުރައްވާހިނދު، ފަހެ، އެ އިންސާނާ (އެކަންތައް) ނުދަންނަނީ ހެއްޔެވެ؟ |
| ﴿11﴾ إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرٌ |
| ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެއީ، އެދުވަހުން އެއުރެންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ. |
|